އެއާފްރެޔާ: ދުޅަހެޔޮކޮށް ކައްކާލަން މިވަރެއް ނެތް!
ކާތަކެތި ތެލުލައިގެން ކެއުމުން ހަށިގަނޑަށް ގިނަ އަދަދަކަށް ފެޓްސް އަދި ހަކަތަ އިތުރުވެގެންދެ އެވެ. ތެލާ ނުލައި ކައްކާލެވޭ އެއާފްރެޔާގެ ސަބަބުން ގިނަބަޔަކަށް އުފާވެރިކަމެއް މިއަދު ވަނީ ގެނުވައިދީފަ އެވެ. އެއާފްރެޔާއިން ދުޅަހެޔޮކޮށް ކާނާ ތައްޔާރު ކޮށްދިނުމުގައި ލުއިފަސޭހަކަން ވެސް ވެ އެވެ. އަވަހަށް ކައްކާލައިދީ ދޮވެ، ސާފުކޮށްލަން ވެސް ފަސޭހަ އެވެ. އަދި ކައްކާފައިވާ ކާނާގައި ހިމެނޭ ހަށިގަނޑަށް މުހިންމު މާއްދާތައް ގެއްލުނަ ނުދީ ހިފަހައްޓައިދެ އެވެ.
މިއަދު އެއާފްރެޔާ...