ނިހާޔަތު އެކަނި ކުރިމަތިލުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލުން ހުޅުވާލައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
ޖޭއެސްސީން އެ ފުރުސަތު އަލުން ހުޅުވާލީ އެ ކޮމިޝަނުން ދިން ދެ ދުވަހުގެ މުއްދަތުގައި ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށްވާތީއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު އެކަންޏެވެ.
ޖޭއެސްސީގެ އިއުލާނުގައި ވަނީ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން...