ވަޅީގެ ހަމަލާއަށްފަހު ސައިފް އެނބުރި މަސައްކަތަށް!
ޖެނުއަރީ މަހު ކުރިމަތިވި ވަޅީގެ ހަމަލާއަށްފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އޭނާގެ މަސައްކަތަށް އަލުން ނުކުމެއްޖެ އެވެ.
ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ސައިފް އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންއަށް ނުކުމެފައިވާއިރު އޭނާ ފެނިގެންދިޔައީ މުޅިން ތަފާތު ގޮތަކަށެވެ.
ރީތިކޮށް ކޮށާފައިވާ މަތިމަހަކާއި ސަޑަކާއެކު އޮމާން ކޮށްފައިހުރި އިސްތަށިގަނޑަކީ އޭނާގެ ފިލްމުގެ ކެރެކްޓަރު ދައްކުވައިދޭ ސްޓައިލެއް ކަމަށް ބުނެވެ އެވެ.
ސައިފް ފިލްމީ މަސައްކަތްތަކަށް ނުކުމެފައިވީ ނަމަވެސް އޭނާ...