ކްރޫޒް ލައިނާތައް މަދުމަދުން ރާއްޖެ އަންނަން ފަށައިފި
ރާއްޖެއަށް ކްރޫޒްލައިނާތައް މަދުމަދުން އަންނަން ފަށައިފި އެވެ.
މިފަހަރު ރާއްޖެ އައިސްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ކްރޫޒްލައިނާއެކެވެ.
"އެމްއެސް ޒުއިޑަޑަމް" ކިޔާ މި ކްރޫޒްލައިނާއިން ރާއްޖެއަށް 1،274 ޓޫރިސްޓުންނާއި 751 ކްރޫ މެންބަރުން އައިސްފައިވެ އެވެ.
ސްރީލަންކާގެ ކްރޫޒްލައިނެއް ރާއްޖެ އައިއިރު، މިއީ މިމަހުގެ ތެރޭގައި ރާއްޖެ އައި ދެވަނަ ކްރޫޒްލައިނާ އެވެ.
މިމަހު ކުރީކޮޅު ސޭޝެލްސްއިން ވެސް ވަނީ ކްރޫޒްލައިނެއް އައިސްފަ އެވެ. އެ ކްރޫޒްލައިނުން 576 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.
https://x.com/ImmigrationMV/status/1899698556346503240
ކްރޫޒް ލައިނާތަކުގައި ރާއްޖެ އަންނަ...