އަވަސް އަރުވާލައިގެން ފާސްކުރި ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކުރާ ބިލު އަނބުރާ މަޖިލީހަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު ތަސްދީގު ނުކުރައްވާ އަލުން ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ރައީސް މި ބިލު އަލުން މަޖިލީހަށް ފޮނުއްވަމުން ވިދާޅުވެފައިވަނީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހު...