ދިރާގު ގޭމާސް ގިލްޑްއިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ގޭމިން މުބާރާތް އައްޑޫގައި
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން "ގޭމްކުއެސްޓް- އައްޑޫ އެޑިޝަން"ގެ ނަމުގައި ގޭމިން މުބާރާތެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
މި މުބާރާތަކީ، ޑީޖީޖީ އިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ގޭމިން މުބާރާތެވެ.
ދިރާގާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އިންތިޒާމްކުރަމުންދާ ގޭމްކުއެސްޓް-އައްޑޫ އެޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 16 އިން 17 އަށް އައްޑޫގެ ޝަރަފުއްދީން ސްކޫލުގަ އެވެ. މިއީ...