ޚާއްސަ އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފި
ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މާލޭ ހިންގައި ބައެއް ތަންތަން ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މާލޭގެ ބައެއް ގެތައް ބަލައި ފާސްކޮށްފައިވެ އެވެ. ރޭ 11 ޖަހާކަންހާއިރު ފެށި މި އޮޕަރޭޝަންގައި މަގުމަތީގެ ބައެއް އުޅަނދުތައް ވެސް ހުއްޓުވައި ބަލާ ފާސްކޮށްފައިވެ އެވެ.
މިއީ ފުލުހުން ކައުންޓަ ޓެރަރިޒަމުން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް އެނގިފައިވެ އެވެ.
މާލޭގެ...