ބްރޯޑްކޮމް އިން ފަޒީން ބޭރުކުރުމުގެ މައްސަލަ އަންނަ ހޯމައަށް ތާވަލްކޮށްފި
ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމުން އަންނަ ހަފުތާގެ ހޯމަ ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.
ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މުވައްޒަފާއި ފަޒީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް މީގެ ކުރިން ވަނީ ސުވާލުކޮށްފަ އެވެ. އަދި ފަޒީންގެ ފަރާތުން އިތުރު ފުރުސަތަކަށް އެދުމުން،...