"ހިންތާ" އާއެކު ފިލްމީ ދާއިރާއަށް އާ ތަރިއެއް!
މި ކޮމެންޓްތަކަކީ ވީޑިއޯކްލަބްގެ ފަރާތުން ސޯޝަލް މީޑިއާއަށް ހިއްސާކުރި ހިންތާ ސީރީޒްގެ ކުރު ވީޑިއޯކޮޅަކަށް އާންމުންގެ ފަރާތުން ލިބިފައިވާ ކޮމެންޓްތަކެކެވެ. ހައިރާނެއްނުވެ އެވެ. ސީރީޒް ރިލީޒްކުރި ދުވަހުން ފަށައިގެން ގިނަބަޔަކު އަންނަނީ މި ސީރީޒްއަށް އަދި ހާއްސަކޮށް ރާއީ އަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. ހަމަ ހަގީގަތުގައި ވެސް އެހާ އެކްޓިން މޮޅީ އެވެ. އެކްސްޕްރެޝަންތައް ފުރިހަމައީ އެވެ.
ހިންތާ މި ސީރީޒްއަކީ މިހާރު ވީޑިއޯކްލަބް ޚިދުމަތުގެ ޓްރެންޑިން އެއްވަނާގައި ފިޔަޖަހަމުންދާ...