އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ދެން ދޫކުރާނީ މިފްކޯ މަސްފިހާރަ ތަކުން
ސަރުކާރުން ރޯދައަށް ހުރިހާ ގޭބިސީތަކަށް ބަހަމުން ގެންދާ މަސްދަޅު ކޭސް އަންގާރަ ދުވަހުން ފެށިގެން ހަމައެކަނި މިފްކޯގެ މަސްފިހާރަ ތަކުން ދޫކުރަން ނިންމައިފި އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދޫކުރަން ފެށި މަސްދަޅު ކޭސް މިހާރު ދޫ ކުރަމުން ދަނީ މާލެ ސަރަހައްދުގެ 13 ތަނެއްގަ އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުގައި 48،000 ގޭބިސީއަކަށް...