އަޒްމިރަލްދާގެ އަޑުއެހުން ސިއްރުކުރީ އާންމު މަސްލަހަތަށް ގެއްލުންވާނެތީ: ޖޭއެސްސީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލައިގެ އަޑުއެހުން ސިއްރުކުރަން ނިންމީ އާންމު މަސްލަހަތަށް ގެއްލުންވެދާނެތީ ކަމަށް ޖޭއެސްސީން ބުނެފި އެވެ.
އެ ކޮމިޝަނުން އަޒްމިރަލްދާއަށް ފޮނުވި ސިޓީގައި ވަނީ އެ އަޑުއެހުން ސިއްރުކުރީ އެ ކޮމިޝަނުގެ ތަހުގީގީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމި ނިންމުން ކޮމިޝަނުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރީ އެ އަޑުއެހުން އާންމުކޮށްފިނަމަ އާންމު މަސްލަހަތަށް ގެއްލުން ވެދާނެތީ...