ޕީއެންސީ މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
އެހެން ބަޔަކާ ގުޅިގެން ސިނާން އިސްލާމިކް ބޭންކުން ނެންގެވި 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލާގައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވާ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގއ. ދާންދޫއަށް ނިސްބަތްވާ ޣާލިބް ސަލީމެވެ.
މިދިޔަ މަހު...