އަޒްމިރަލްދާ ހާޒިރުކުރާ ޖޭއެސްސީގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލަން އެދިއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކޮށް ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހުށަހަޅުއްވައިފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ގެ މައްސަލަ ޖޭއެސްސީގައި ފުރަތަމަ ތާވަލުކުރީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް ފަހުން ވަނީ އަޑުއެހުން މާދަމާއަށް ފަސްކޮށްފަ އެވެ.
އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ އަޒްމިރަލްދާއާ ގުޅުވައި ޖޭއެސްސީން ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް...