ޣައްޒާ އާރާސްތުކުރަން އަރަބި ލީގުން ހުށަހެޅި ޕްލޭން އޯއިސީން ބަލައިގެންފި
ހަނގުރާމައަށް ފަހު ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް އަރަބި ލީގުން އެކުލަވާލި ޕްލޭން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބަލައިގެންފި އެވެ.
އަރަބި ލީގުން މި ޕްލޭން ހުށަހަޅާފައިވަނީ ފަލަސްތީނުގެ ޣައްޒާ ހިފައި އެތަނުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލުމަށް ފަހު އެތަން ތަރައްގީކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމުގެ ބަދަލުގަ އެވެ.
އިޒްރޭލުގެ 15 މަސްދުވަހުގެ ހަމަލާތަކަށްފަހު ޣައްޒާއަށް ހުށަހަޅާފައިވާ އަރަބި ޕްލޭނަށް ޔޫރަޕްގެ ގިނަ...