ރޯދަ މަލާފަތް: ރަހަމީރު ރިހާކުރު ފޮޅި
މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހި ކެއުންތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.
މިއަދު މި ގެނެސްދެނީ ރިހާކުރަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ކެއުމެކެވެ. މިއީ ވަރަށް އާއްމު ބާވަތްތަކުން ތައްޔާރު ކުރެވޭ ވަރަށް ފަސޭހަ ކެއުމެކެވެ.
ބޭނުންވާ ތަކެތި
1 ޖޯޑު ހަނޑޫ ފުށް (ހިމުންކޮށް ފުނޑާފައި)
1/2 ޖޯޑު ގޮދަން ފުށް
1/2 ޖޯޑު ރިހާކުރު
1/2 ޖޯޑު ހުނި
1/2 ޖޯޑު މުރަނގަ ފަތް
2 ފިޔާ (ތުނިކޮށް ކޮށާފައި)
1/2 ސަމުސާ...