މަސްޖިދުލް ޙަރާމް އަށް ބުދަ ދުވަހު ރެކޯޑު އަދަދެއްގެ އުމްރާވެރިން ޒިޔާރަތްކުރި
މައްކާގެ މަސްޖިދުލް ޙަރާމުގައި އެންމެ ގިނަ އުމްރާ ވެރިން އެއް ދުވަހެއްގައި ރެކޯޑު ކުރެވުނު ދުވަހަކަށް މިދިޔަ ބުދަ ދުވަސް ވެއްޖެ އެވެ.
ބުދަ ދުވަހު ކައުބަތުއްﷲ ގެފުޅު ހުންނަ މަސްޖިދުލް ޙަރާމަށް ގާތްގަނޑަކަށް ނުވަ ލައްކަ މީހުން ގޮސް އުމްރާ ކޮށްފައި ވެ އެވެ.
މި އިތުރުވަމުންދާ އަދަދުތަކަށް އިޖާބަދިނުމުގެ ގޮތުން، މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީގެ ކަންތައްތަކާބެހޭ އާންމު އޮތޯރިޓީން މިސްކިތުގެ މައިގޭޓުތަކުގައި ސްމާޓް ސެންސަރުތަކާއި ޒަމާނީ ކެމެރާތައް ބޭނުންކޮށްގެން...