އެފްބީއައި ދޫކޮށްލީ އިސްލާމް ދީނަށްޓަކައި، މިހާރު މިސްކިތެއްގެ އިމާމެއް!
އެމެރިކާގެ ޖާސޫސީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގައި ވަޒީފާ އަދާކުރުމަކީ އެގައުމުގެ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ވާނީ ވެސް އެހެންތާ އެވެ. އެފްބީއައިގައި އުޅުމަކީ ޝަރަފުވެރި ކަމެކެވެ.
އެމެރިކާއަށް އުފަން އަދްނާން އެޑްރިއަން ވުޑް ސްމިތުގެ ވެސް ޅަފަތުގެ ހުވަފެނަކަށް ވީ ބޮޑުވެގެން އެފްބީއައިއަށް ވަނުމެވެ. އެ އިދާރާގެ ކަންކަމުގައި ދިރިއުޅުން ހޭދަ ކުރުމެވެ.
އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އޭނާއަށް ކުރަން ޖެހުނު އެއް ކަމަކީ އަރަބި...