ރަސްފަންނު އާންމުންނަށް ވަގުތީގޮތުން ހުޅުވާލައިފި
މާލޭގެ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށް ފަހު ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަން ވަގުތީ ގޮތުން އާންމުންނަށް މި ހަފުތާގައި ހުޅުވާލައިފި އެވެ.
އެތަން މަރާމާތަށް ބަންދުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއާ އެކު ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ ހާލަތު ވަޒަން ކުރެއްވުމަށްފަހު އެ މަނިކުފާނުގެ އެންގެވުމަށެވެ.
ރަސްފަންނު ކުރިއަށްވުރެ ފުރިހަމައަށް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް މުއިއްޒު...