އިސްލާމީ ތާރީޚުގެ ތެރެއިންް މަސްޖިދުލް ކުފާއަށް ނަޒަރެއް!
ދުނިޔޭގައި ލައްވާފައިވާ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތަކަކީ އެހެން މިސްކިތްތަކަށްވުރެ ދަރަޖައިގެ ގޮތުން މާތް ކުރައްވާފައިވާ މިސްކިތްތަކެކެވެ.
އެގޮތުން މުސްލިމުންގެ ތިން ހަރަމް ކަމަށްވާ މަސްޖިދުލް ހަރަމް، މަސްޖިދުލް ނަބަވީ އަދި މަސްޖިދުލް އަގްސާއަށްފަހު އިސްލާމީ ތާރީހުގައި އެންމެ ފާހަގަ ކޮށްލެވެނީ އިރާގުގެ ކުފާގައި ހުންނަ މަސްޖިދުލް ކުފާ އެވެ.
މަސްޖިދުލް ކުފާއަކީ އެކި ސަބަބު ތަކަށްޓަކައި އިސްލާމީ ތާރީހުގައި ހާއްސަ ކަމެއް ދެވިފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ ތާރީހުގައި ފާހަގަކޮށްލެވޭ ހާދިސާތަކެއް...