ކޯޓުން ޖަވާބުދާރީ ވާން ދިން މުއްދަތުގައި ޖަވާބު ހުށަހެޅިން: އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގައި ސްޕްރީމް ކޯޓަށް ޖަވާބުދާރީވާން ދިން މުއްދަތުގައި ޖަވާބު ހުށަހަޅާފައި ވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދިން މުއްދަތުގައި ދައުލަތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ ބަންޑާރަނައިބަށް ފިޔަވަޅު އަޅައިދޭން އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ...