އައްޑޫއިން ކަރަންޓު ކެނޑޭތީ އަންނަ ހަފުތާގައި އިތުރު ޖަނަރޭޓަރެއް ގެންދަނީ
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަން ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. މިކަމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ޝަކުވާކުރަމުންނެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް...