ބްރިޖު މަތިން މޫދަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
ސިނަމާލެ ބްރިޖު މަތިން މޫދަށް ފުންމާލި މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުން މޫދަށް ފުންމާލި މީހަކު ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މަގުމަތި ބަލަހައްޓަމުންދިޔަ ދެ ޓްރެފިކް ޕޮލިހުންނެވެ.
އެނގިފައިވާ ގޮތުގައި އޭނާ ފުންމާލީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.
ފުލުހުން މިކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނު ވެ އެވެ.
އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އެނގިފައެއް ނެތެވެ....