ސުއޫދުގެ އިސްތިއުފާ ބަލައިގަނެ، މަގާމުން ވަކިކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިސްތިއުފާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބަލައިގަނެ، އެ މަގާމުން އޭނާ ވަކިކޮށްފި އެވެ.
ސުއޫދު އިއްޔެ މަގާމުން އިސްތިއުފާ ދެއްވި ސިޓީ އެޑްރެސްކޮށްފައި އޮތީ ރައީސް މުހައްމަދު މުއިއްޒުއަށެވެ. އޭރު ޖޭއެސްސީން އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް އެޖެންޑާކޮށްފައިވެ އެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން އިސްތިފާދެއްވާފައި ނުވާ ކަމަށް ބަލައި، އިއްޔެ ޖޭއެސްސީން ވަނީ އޭނާގެ އެ މައްސަލަތައް ބަލަން ނިންމާފަ އެވެ....