ސިންވާރު އަކީ ޓެރަރިސްޓެކޭ ނުބުނުމުން އިޒްރޭލުން އޭއައި ސިސްޓަމް ބޭނުންކުރުން ހުއްޓާލައިފި
އިޒްރޭލުގެ ދައުލަތުގެ ދީނީ ތަޢުލީމީ ނިޒާމުގައި ތައާރަފުކުރެވުނު އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމުން ޔަހުޔާ ސިންވާރު އަކީ ޓެރަރިސްޓެއް ކަމަށް ނުބުނުމުން ބޭނުންކުރުން ހުއްޓާލައިފި އެވެ.
ސިންވާރު އަކީ ފަލަސްތީނުގައި އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ހަމާސް ގުރޫޕްގެ ލީޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް މިދިޔަ އަހަރު ޝަހީދުކޮށްލި ބޭފުޅެކެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިސްޓަމް ބޭނުންކުރުން ހުއްޓާލާފައިވަނީ އެ ސިސްޓަމް ބޭނުންކުރުމުގައި ދިމާވި މައްސަލަތަކާ ގުޅޭގޮތުން ލިބުނު ގިނަ ޝަކުވާތަކާއި ރިޕޯޓުތަކުގެ ސަބަބުންނެވެ.
އެ...