ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފުވިކަން ސުއޫދުގެ ވާހަކަފުޅުން ސާފުވޭ: ޖަމީލް
ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނުއަސާސީއާ ހިލާފުވިކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާދެއްވި ހުސްނުއްސުއޫދުގެ ބަހުން ސާފުވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ދުސްތޫރީ ނިޒާމުގައި ރައީސަށްވެސް އޮންނަނީ ވަކި ދައުރެއް ކަމަށާއި ކަނޑައެޅިފައިވާ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާއަށް ބޭރަށް ނުދެވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލިހަކީ ރައްޔިތުންގެ އަޑުއިއްވާ ފަރާތް ކަމަށާއި އެދައުރު ރައީސަކަށް...