އެޑްލްވެއިސް އެއާގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރަން މަޝްވަރާކޮށްފި
ސްވިޓްޒަލޭންޑްގެ އެޑްލްވެއިސް އެއާގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ މިހާރު ކުރިއަށްދާ އައިޓީބީ ފެއާގެ ތެރެއިންނެވެ.
އައިޓީބީ ބާލިން ފަށާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު އެވެ. މި ފެއާ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
މި ފެއާގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލްކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެ އެވެ.
ފެއަރގެ ތެރެއިން އެހެން ބައެއް ސައިޑް ބައްދަލުވުންތައްވެސް...