ކިލޯއެއްހާ ޑްރަގް އެތެރެކުރި މީހެއްގެ އަދަބުގެ ދެ ބައިކުޅަ އެއްބައި ޕީޖީ ލުއިކޮށްދީފި
ރާއްޖެއަށް ކިލޯއެއްގެ ޑްރަގް އެތެރެކުރި މީހެއްގެ އަދަބު ލުއިކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް ހަދައި, އޭނާގެ ޖަލު ހުކުމުން ދެ ބައިކުޅަ އެއްބައި އުނިކޮށްދީފި އެވެ.
ޕީޖީ އޮފީހުން މިދިޔަ މަހު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިގެން އަދަބު ލުއިކޮށްދިނީ ޖުލައި، 2023 ގައި ވައިގެމަގުން ރާއްޖެއަށް އެއް ކިލޯއެއްހާ ޑްރަގް އެތެރެކުރި އަހުމަދު ވިސާމް ނަމަކަށް ކިޔާ މީހަކަށެވެ.
އޭނާ ގެނައި ކަރުދާސްއެ ފޮށިގަނޑުގައި އޮތް ފުޅިއެއްގެ ތެރެއިން 480.8 ގްރާމުގެ...