ވިއްސާރައިގެ ސަބަބުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އޯޕީޑީ ބަންދުކޮށްފި
ފާއިތުވި ދެ ދުވަހު މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވުމާއި ގުޅިގެން ސަރުކާރު ހޮސްޕިޓަލްތަކުގެ އައުޓް ޕޭޝަންޓުގެ ހިދުމަތް (އޯޕީޑީ) މިއަދު ބަންދުކޮށްފި އެވެ.
ބަންދުކޮށްފައިވަނީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ އެވެ.
އައިޖީއެމްއެޗުން ބުނީ އޯޕީޑީ ބަންދުވިނަމަވެސް އެ ހަތަރު ހޮސްޕިޓަލްގައި ވެސް އައިޕީޑީގެ ހިދުމަތް ދެމުންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ތިން ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކުރީ...