ފައިސާއާއި މުދަލުން ނުލިބުނު ހިތްހަމަޖެހުން ލިބުނީ އިސްލާމް ދީނުގެ ހިދާޔަތުން!
އިނގިރޭސިވިލާތަށް އުފަން އަލްފީ ބެސްޓް ޖޫނިއާއަކީ އެގައުމުގެ މުދާވެރި، ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ވަރަށް ހަގު އުމުރެއްގައި ވިޔަފާރީގެ ދުނިޔެއަށް ނުކުތް ޒުވާނެކެވެ.
އޭނާގެ ދިރިއުޅުމުގައި ނެތް އެއްޗެއް ނެތް ކަހަލަ އެވެ. ފައިސާއާއި މުދަލެވެ. ޝާނާއި ޝައުކަތެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާގެ ނަފްސަށް ހަގީގީ ހިތްހަމަޖެހުމެއް ނުލިބެ އެވެ.
އިސްލާމް ދީނަށް އޭނާގެ ލޯ ހުޅުވައިދިނީ އެކުގައި އުޅުނު އެކުވެރި އެކެވެ. އެ އެކުވެރިޔާގެ މަންމަ...