މާލޭގައި ފެންބޮޑުވެ ސިފައިން ފެން ހިންދަން ނުކުމެއްޖެ
މާލޭގައި ފެންބޮޑުވެ ސިފައިން ފެން ހިންދަން ނުކުމެއްޖެ އެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ދަނީ މާލޭގެ ތިން ސަރަހައްދެއްގައި ހަރަކާތްތެރިވަމުން ކަމަށެވެ.
ސިފައިން ހަރަކާތްތެރިވަމުން ދަނީ އައިޖީއެމްއެޗް ސަރަހައްދާއި ވެސްޓްޕާކް އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ.
ފެން ހިންދުމުގެ އިތުރުން ވެލިބަސްތާ ޖެހުމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލެ އޭރިއާ ކޮމާންޑްގެ...