މުދަލުގެ އަގުތައް ބެލޭނެ ގޮތަށް "އަގުމަގު" ޕޯޓަލް ލޯންޗްކޮށްފި
ރޯދަ މަހު ކާބޯތަކެތީގެ އަގުތައް ރައްޔިތުންނަށް ފަސޭހައިން ބެލޭނެ ހާއްސަ ޕޯޓަލް "އަގުމަގު" ތައާރަފްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރި "އަގުމަގު" ޕޯޓަލް ރޭ ރަސްމީކޮށް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މި އެޕްލިކޭޝަންގެ މައިގަނޑު މަގުސަދަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ލިބެން ހުރި ތަންތަން ބުނެދިނުމެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ މި ޕޯޓަލްގެ ޒަރީއާއިން ރައްޔިތުންނަށް އެއްތަނަކުން ކާބޯތަކެތީގެ އަގުތައް ބެލޭނެ ކަމަށެވެ.
މި ޕޯޓަލްގައި އަގުތައް އަޕްޑޭޓްކުރުމަށް ހަމަޖެހިފައި...