ރަމަޟާން މަހަށް ބަހާ ކާނާ ފޮށިތައް ބަންދުކުރުމުގައި އިނގިރޭސި ރަސްގެފާނާއި ރާނީ!
ރަމަޟާން މަހާ ގުޅުވައިގެން އިނގިރޭސި ވިލާތުގެ މުސްލިމުންނަށް ބަހާ ފުޑް ޕެކޭޖްތައް ބަންދު ކުރުމުގައި އެގައުމުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި ރާނީ ކަމިލާ ބައިވެރިވެއްޖެ އެވެ.
މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ވީޑިއޯއެއްގައި ފެންނަނީ ޗާލްސްގެ ދެ ކަނބަލުން ކަރުދާސް ކޮތަޅުތަކަކަށް ކަދުރު އަޅާ މަންޒަރެވެ.
ހަބަރުތައް ބުނާ ގޮތުގައި ޝާހީ ދެކަނބަލުން މުސްލިމުންގެ އެ މުނާސަބަތުގައި ބައިވެރިވެފައި ވަނީ ލަންޑަނުގައި ހުންނަ އިންޑިއާގެ ރެސްޓޯރެންޓަކަށް ކުރި ޒިއާރަތެއްގަ...