ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން ހައިދަރަށް ލިބުނު ފްލެޓް ދޫކޮށްލައްވައިފި
ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ލިބުނު ފްލެޓް ދޫކޮށްލައްވައިފި އެވެ.
ހައިދަރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާއަށްވުރެ ފްލެޓް ހައްގުވާ އެތައް ބަޔަކު ތިބޭނެ ކަމަށެވެ. އެހެންވެ ފްލެޓް ދޫކޮށްލައްވަން ނިންމެވީ ކަމަށް ވިދާޅުވިއެވެ.
"ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،" ހައިދަރުގެ ބަޔާނުގައިވެ އެވެ.
ސަރުކާރުން މިއަދު އިއުލާންކުރި...