ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ހަންކެޑެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެކްސިޑެންޓުވެ މަރުވީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާ މާލޭގައި ހުރެފައި އައްޑު އަށް ދިޔައީ ރޭސިން މުބާރާތެއްގައި ބައިވެރިވުމަށް ކަމަށްވެ އެވެ. މިއީ، މި މަހުގެ ކުރީކޮޅު ހުޅުވި ބްރިޖުގައި ހިނގި ފުރަތަމަ އެކްސިޑެންޓެވެ.
ދާދި ފަހުން...