އިޒްރޭލުން ސީރިޔާއަށް ބޮމުގެ ހަމަލާތަކެއް ދީފި
އިޒްރޭލުން ސީރިޔާގެ ދިމިޝްގުގެ ދެކުނުގައިވާ ކިސްވޭ އަށާއި ދަރާ ސަރަހައްދުގެ އަވަށަކަށް ބޮން އަޅައިފި އެވެ.
ޔޫކޭގައި މައި އޮފީސް ހުންނަ ސިރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފައިވާ ގޮތުގައި، އިޒްރޭލުން އަންގާރަ ދުވަހުގެ ރޭ ދިން މި ހަމަލާތަކުގައި މަދުވެގެން ދެ މީހަކު މަރުވެފައިވެ އެވެ.
އިޒްރޭލުން ބުނެފައިވާ ގޮތުގައި، އެ ޤައުމުން ވަނީ ދެކުނު ސިރިޔާގެ ސިފައިންގެ އަމާޒުތަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި މައި އޮފީސްތަކާއި ހަތިޔާރު...