އަދިވެސް ކައިވެނި ނުކޮށް ހުރި ސަބަބު ސުޝްމިތާ ބުނެދީފި
މިއަދާ ހަމައަށް ވެސް އެއްވެސް ކައިވެންޏެއް ނުކޮށް ހުރި ސަބަބު ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝްމިތާ ސެން އާއްމުންނާ ހިއްސާ ކޮށްފި އެވެ.
މިފަހުން ސުޝްމިތާގެ ސޯޝަލް މީޑިއާގައި އޮތް ފޭން އިންޓަރެކްޝަންއެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ވަނީ ކައިވެނީގެ ހިޔާލާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
މިހާރު އުމުރުން 49 އަހަރުގެ ސުޝްމިތާ ބުނީ ކައިވެންޏަކީ އޭނާގެ ސިކުނޑީގައިވާ ކަމެއް ކަމަށާއި އެހެން ނަމަވެސް މަޑުކުރަނީ ރަނގަޅު...