ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލައިފި
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ބޭރުކޮށްލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިންނަވާ އެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ސަރުކާރުގެ މެންބަރަކު ހުށަހެޅި ބިލަށް ވޯޓުދޭން ނެރުނު ތްރީލައިން ވިޕާ ބައެއް މެންބަރުން ހިލާފުވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ބެހޭގޮތުން އަޒާންގެ ބަހެއް އަދި ނުލިބެ އެވެ.
ތްރީލައިން ވިޕާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު...