ނޭފަތުގައި ހުންނަ އިސްތަށިތަކުގެ ބޭނުން އެނގޭތަ؟
ނޭފަތުގައި ހުންނަ އިސްތަށްޓަކީ ގިނަ ބަަޔަކު އެ އިސްތަށިތަކުގެ ބޭނުން ނޭނގި އުފުރާ އިސްތަށިތަކެކެވެ. ނަމަވެސް އެ އިސްތަށިތައް އުފުރުމުގެ ކުރިން އޭގެ ބޭނުން އެނގިފައި އޮތުން ރަނގަޅުވާނެ އެވެ.
ނޭފަތުގެ އިސްތަށިތަކަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ދުރުކޮށްދޭ އެއްޗެއް ކަމަށް ބުނެވެ އެވެ. އަދި މި އިސްތަށިތައް އުފުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމުގައި ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ.
މިކަމާ ގުޅޭގޮތުން ހެދުނު ދިރާސާއެއްގެ ނަތީޖާތައް...