މި އަހަރުވެސް ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދޭނަން: ރައީސް
މިއަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. ކުޑަހުވަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކަރަންޓާއި ފެން ބިލުން މި އަހަރު ވެސް ޑިސްކައުންޓް ދޭނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުކުރިން ވެސް މި ވާހަކަ ވާނީ ދަންނަވާފައި. 8 ޑިސެމްބަރު ގައި މަތިވެރީގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ދެންނެވިން...