ރޭގަނޑުގެ ހަމަ ނިދި ނުލިބޭނަމަ ވާނީ ކިހިނެއް؟
ރޭގަނޑު ދަންވަންދެން ނުނިދާ އުޅުމަކީ ދިވެހި ޒުވާނުންގެ މެދުގައި ވެސް އާއްމު ވަމުން އަންނަ ގޯސް އާދަ އެކެވެ. އެކުވެރިންނާ ވާހަކަ ދެއްކުމުގަ އެވެ. ނުވަތަ ކޮންމެވެސް ފިލްމެއް ނުވަތަ ސީރީޒެއް ބެލުމުގަ އެވެ. ކޮންމެ ސަބަބަކާހުރެ ވިޔަސް ރޭގަނޑު ނުނިދާ އުޅުމަކީ އަމިއްލަ ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ.
ޑިޕްރެޝަންއަށް މަގުފަހިވުން
ހަމަ ނިދި ނުލިބޭނަމަ ޑިޕްރެޝަނަށް މަގުފަހިވެ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް...