ސޮނީ ޓީވީގެ "ސީއައިޑީ" ނެޓްފްލިކްސްއަށް!
ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސޮނީ ޓީވީގެ ކްރައިމް ޝޯ "ސީއައިޑީ" ނެޓްފްލިކްސްއަށް އަންނަން ތައްޔާރު ވެއްޖެ އެވެ.
މީގެ ދެ ދުވަސް ކުރިން ނެޓްފްލިކްސްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިންޑިއާގެ އެންމެ ގިނަ ދުވަސްވީ އެއް ޓީވީ ޝޯ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނެޓްފްލިކްސްއިން ބަލާލެވޭނެ ކަމަށެވެ.
ޝިވާޖީ ސަތަމް، އަދިތާ ޝްރިވާސްތަވް އަދި ދަޔާނަންދު ޝެޓީ މުހިއްމު ރޯލުތަކުން ފެންނަ ސީއައިޑީއަކީ އިންޑިއާގެ މުޖުތަމައުގައި...