މިނިސްޓަރު ހަލީލަށް ލަންކާ މީހަކު އިންޒާރުދިން މައްސަލަ ބަލަނީ
ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެމަނިކުފާނަށް ގެއްލުންދީ މަރައިލަފާނެ ކަމަށް ބުނެ ލަންކާ މީހަކު މަރުގެ އިންޒާރުތަކެއް ދިން މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ނަދީޝް ޕެރެރާ ނަމަކަށް ކިޔާ ލަންކާގެ ރައްޔިތަކު ގެންދަނީ އެކްސްގައި މިނިސްޓަރު ހަލީލުގެ ފޮޓޯ ހިއްސާކޮށް އެކި ކަހަލަ އިންޒާރުދެމުންނެވެ.
އޭނާ މިނިސްޓަރު ހަލީލްއަށް ދިން ނުސީދާ އިންޒާރުތަކުގެ ތެރޭގައި، އެމަނިކުފާނުގެ ކާރު ސްރީލަންކާގައި...