ސަޕޯޓަރުންނާއެކު މަގުމައްޗަށް ނުކުންނަން ވެސް މިހުރީ ތައްޔާރަށް: ހަރްޝް
އިންޑިއާގެ ސިނަމާތަކުގައި މިހާރު އަލުން އަޅުވާފައިވާ ފިލްމް "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައިގެ މަސައްކަތް ފަށަން ސަޕޯޓަރުންނާއެކު މަގުމައްޗަށް ނުކުންނަން ވެސް ތައްޔާރަށް ހުރި ކަމަށް ފިލްމުގެ ލީޑު ހަރްޝްވަރްދަން ރާނޭ ބުނެފި އެވެ.
ހަރްޝް މިހެން ބުނެފައިވަނީ އެ ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއާއެކު ފިލްމުގެ ދެވަނަ ބަޔަކަށް ގިނަ ބަޔަކު ޑިމާންޑް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ހަރްޝް ބުނީ އެންމެ ފުރަތަމަ ކަމަކަށް އޭނާ ކުރީ ފިލްމު ސިނަމާތަކުގައި...