ތަތްނުލަވާ ތަވާގައި އެޅޭ އެންމެ ކޫރުމަކުން ވެސް ފުރާނައަށް ނުރައްކާ!
ކެއްކުމުގައި އާއްމުކޮށް ބޭނުން ކުރެވޭ ތަތްނުލަވާ ޒާތުގެ ތަވާގައި އެޅޭ އެންމެ ކޫރުމަކުން ވެސް އިންސާނުންގެ ފުރާނައަށް ނުރައްކާވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޔުނިވާސިޓީ އޮފް ނިއުކާސަލްގެ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި އެފަދަ އެންމެ ކޫރުމަކުން ވެސް 9100 މައިކްރޯ ޕްލާސްޓިކް ޕާޓިކަލްސް ބޭރުވެ އެވެ.
އެއާއެކު ތަވާގައިވާ ބޭރު ކޯޓިން އެއްކޮށް ހަލާކު ވެފައިވާނަމަ އެ އަދަދު 2.3 މިލިއަނަށް އިތުރުވާ ކަމަށް ވެސް އެ...