ކުރިން އިއުލާންކުރުމެއް ނެތި 55 ކައުންސިލް އިދާރާ އަޅަން ހަވާލުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއއިްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން އިމާރާތްކުރުމަށް ކުރިން އިއުލާންކުރުމަކާ ނުލާ މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާ ހަވާލުކޮށްފި އެވެ.
މިކަމުގެ މައުލޫމާތު ހިއްސާ ކުރައްވާ ބުރާސްފަތި ދުވަހުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މި މަޝްރޫއުއަށް އެ ކުންފުނި...