އަބްދުއްރަހީމް ރައީސް މުއިއްޒުއާ ބައްދަލުކުރުމަށް ރައީސް އޮފީހަށް!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.
"ހުރިހާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަބްދުއްރަހީމު ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންފައިވަނި މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ނަމަވެސް ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ދޮރުން ޢަބްދުއްރަހީމްގެ ކާރުކޮޅު ވަންނަ މަންޒަރު ފެންނަ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ވެސް ދައުރުވާން ފަށައިފަ...