ފެނަކައިން ބަލަހައްޓަމުން އައި އައިސްޕްލާންޓްތަކެއް އަތުލާ މިފްކޯއާ ހަވާލުކޮށްފި
ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ބަލަހައްޓަމުން އައި އައިސް ޕްލާންޓްތަކެއް އަތުލާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިިޓެޑް (މިފްކޯ)އާ ހަވާލުކޮށްފި އެވެ.
އެގޮތުން މީގެ ކުރިން ފެނަކައިން ބަލަހައްޓަމުން އައި 14 އައިސްޕްލާންޓް ހިންގުން ރަސްމީކޮށް މިފްކޯ އާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
މިކަމާ ގުޅިގެން މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ ޓީމްތަކުން ހުރިހާ އައިސް ޕްލާންޓްތައް މުޅިން އޮޕަރޭޝަނަލް ކެޕޭސިޓީއަށް އަލުން އާރާސްތުކުރުމުގެ...