"ސަޓަޑޭ ނައިޓް ލައިވް"ގެ ރަން ޔޫބީލް ފާހަގަކޮށްފި
އެމެރިކާގެ މަޝްހޫރު ޓީވީ ޓޯކް ޝޯއެއް ކަމަށްވާ "ސަޓަޑޭ ނައިޓް ލައިވް"ގެ 50 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
"އެސްއެންއެލް 50"ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު އެންބީސީއިން ދުރަށް ދެއްކި އެ އެޕިސޯޑުގައި އެ ޝޯގެ ތާރީހުގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތައް ފެނިގެންދިޔަ އެވެ.
ތިން ގަޑިއިރަށް ދެމިގެންދިޔަ އެ ޝޯގައި ހޮލީވުޑްގެ މަޝްހޫރު ފަންނާނުން ބައިވެރިވެފައިވާއިރު ބައެއް ތަރިންގެ ހުށައެޅުންތެއް ވެސް ފެނިގެންދިޔަ އެވެ.
ނިޔު ޔޯކްގައި ލައިވްކޮށް...