މިފްކޯގެ މެނޭޖަރުންތަކެއް ވަޒިފާއިން ވަކިކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖަ ލެވެލްގެ ތިން ވެރިޔަކު މަގާމުން ވަކިކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި މިފްކޯ އިން ބުނީ އެ ކުންފުނީގެ ތިން ޖެނެރަލް މެނޭޖަރުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
މިފްކޯއިން ބުނެފައި ވަނީ މި ތިން ޖެނެރަލް މެނޭޖަރުން ވަކިކުރީ މެނޭޖްމެންޓް ޕާފޯމެންސް ރިވިއު ކުރުމަށްފަހު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށް ވުރެ ވެސް ބޮޑަށް ހަރުދަނާ ކުރުމަށް...