މި ރޯދަމަހުގެ ވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1އަށް
އަންނަ ރަމަޟާން މަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިއަދު ބުނީ މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައި ވަނީ، ކުރިއެކޭ ވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.
ހިޖުރައިން 1443 ވަނަ އަހަރުން...